ޝަކުވާ ނުކުރާ ވަރަށް ރައްޔިތުންނަށް ފަސޭހަ އިން ބޭސް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ އަމާޒެއް ކަމުގައި ޞިއްޙީ ވަޒީރު، ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިގޮތުން "އެސްއެސް ޓީވީ" ގެ ބާރަ ހަތަރެއް ޕުރޮގުރާމުގައި ވާހަކައްދަކަވަމުން ވަޒީރު ވިދާޅުވީ، ބޭސް ލިބުމުގައި އޮތް ދަތިތައް ހައްލުކުރުމަށް ކުރި މަސައްކަތުން ވޭތުވެދިޔަ ތަނުގައި އެސްޓިއޯއިން ރާއްޖެއަށް އެތެރެ ނުކުރާހާ ގިނަ އައިޓަމްތަކުގެ ބޭސް ރާއްޖެ އަށް އެތެރެކޮށްފައިވާ ކަމަށާއި، މި ނިޒާމްގެ ތެރެއިން މެދު ނުކެނޑި ބޭސް ލިބޭނެ ގޮތް ހެދުމަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން މި މަސައްކަތުގެ ތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ ޕޭޝަންޓުންނަށް ހޮސްޕިޓަލް ނިޒާމްގެ ތެރެއިން ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލްތަކައި ޓާރޝަރީ ހޮސްޕިޓަލްތަކުގެ އިންޕޭޝަންޓުންނަށް އެ ހެލްތު ފެސިލިޓީއަކުން ބޭސް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާއިރު، އެހެނިހެން ހެލްތު ފެސިޓީތަކުގައިވެސް މިނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން