ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ސީޕީ (ރިޓަޔަރޑް) އަޙްމަދު ފަސީޙް، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގައި ކޮންޓްރޯލަރ ވަނީ އަލަށް ޢައްޔަންކުރެވުނު ސީޕީ އަށް މަރުޙަބާ ވިދާޅުވެފައެވެ.
Controller General of Immigration, CP (Retd.) Ahmed Faseeh, paid a courtesy call on the newly appointed Commissioner of @PoliceMv, Ismail Naveen, to congratulate him on his appointment and discuss ways to strengthen collaboration between the two organizations. pic.twitter.com/pz8ZtiX4Ep
— Maldives Immigration (@ImmigrationMV) June 19, 2025
މީގެ އިތުރުން މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވައިފައެވެ.
ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އިސްމާޢީލް ނަވީން ޢައްޔަންކުރެއްވީ މި ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ.
މި ލިޔުން ކިޔާލުމުން