Saturday, October 31
މެއިންޓަނަންސް މަސައްކަތަކާ ގުޅިގެން ބީއެމްއެލްގެ ޚިދުމަތްތަކަށް މިރޭ ބުރޫއަރާފާނެ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޚިދުމަތްތަކަށް މިރޭ ބުރޫ އަރާފާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ. ބީއެމްއެލް އިން ބުނީ ރާވައިގެން ކުރިއަށްގެންދާ މެއިންޓަނަންސް މަސައްކަތެއްގެ ސަބަބުން، މިރޭ ދަންވަރު 2:00 އިން ފަތިހު 5:00 އާ ދެމެދު 30 މިނެޓަށް އެ ބޭންކުގެ ޚިދުމަތްތަކަށް ބުރޫ އެރުން އެކަށީގެންވާ ކަމަށެވެ. މި ވަގުތުގައި ބީއެމްއެލްގެ އިންޓަނެޓް ބޭންކިން، ވެބްސައިޓް، ޕޮސް މެޝިންތައް، އޭޓީއެމްތައް، ޕޭމަންޓް ގޭޓްވޭ، ކާޑުގެ ޚިދުމަތްތަކުގެ އިތުރުން ޑޮލަރު ބުކްކުރާ ޕޯޓަލުގެ ޚިދުމަތްތައް މެދުކެނޑިދާނެ ކަމުގައި ބޭންކުން ބުނެއެވެ. ބީއެމްއެލް އިން ބުނީ މެއިންޓެނަންސް މަސައްކަތުގެ ވަގުތު ކަނޑައަޅާފައިވަނީ ކަސްޓަމަރުންނަށް ޚިދުމަތްތަކަށް ވީހާވެސް ކުޑަކޮށް ބުރޫއަރާނެ ގޮތަށް ކަމަށެވެ. އަދި ބޭންކުން ވަނީ މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މަޢާފަށްވެސް އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު