Saturday, October 31
ދޮންފަނުގައި މޮނިއުމެންޓެއް ހަދައިދޭނެ ފަރާތެއް ހޯދަނީ

ބ. ދޮންފަނުގައި މޮނިއުމެންޓެއް ހަދައިދޭނެ ފަރާތެއް ހޯދަން އެ ރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ.

ބ. ދޮންފަނު ކައުންސިލުން މިއަދު ކުރި އިއުލާނަކުން އެ ރަށުގައި މޮނިއުމެންޓެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށް ބުނެފައިވެއެވެ. މި މަޝްރޫއުގެ ދަށުން ހަދާ މޮނިއުމެންޓް ހަދަންވާނީ ކައުންސިލުން ދޭ މައުލޫމާތާ އެއްގޮތަށެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށް ފަހު ކައުންސިލްގެ އީމެއިލް އެޑްރެސް procurement@dhonfan.gov.mv އަށް ފޮނުވުމަށް ނުވަތަ އެ އިދާރާއަށް ގޮސް ފޯމު ހުށަހަޅައި ރަޖިސްޓްރީ ކުރުމަށް ކައުންސިލުން އަންގާފައިވެއެވެ.

ބީލަމާ ގުޅޭ އިތުރު މައުލޫމާތު ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޯރުކޮށްދެވޭނެ ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހުގެ 11:00 ގައެވެ. އަދި ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހުގެ 11:00 ގައި ދޮންފަނު ކައުންސިލް އިދާރާގައި ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

މި މަޝްރޫއާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކަށް ކައުންސިލްގެ ނަންބަރު 4005054 އަށް ގުޅުމަށް ނުވަތަ procurement@dhonfan.gov.mv އަށް އީމެއިލް ކުރުމަށް ކައުންސިލުން އަންގާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު