Saturday, October 31
ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫއުގެ އެންމެ ފަހުގެ ތަފްސީލް އާރްޑީސީ އިން ހާމަކޮށްފި

ދ. ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫއުގެ އެންމެ ފަހުގެ ތަފްސީލް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ހިއްސާކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން އާރްޑީސީއަށް ހަވާލުކޮށްގެން ކުރިއަށްގެންދާ، ޒަމާނީ ފެންވަރަށް ރަށްރަށުގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން ކުޑަހުވަދޫގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާކަން އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

އާރްޑީސީން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މިވަގުތު ކުރެވެމުންދަނީ އެރަށުގެ އާކުރި މަގުގައި ސްޓޯރމް ވޯޓަރ ޖަންކްޝަން ބެހެއްޓުމުގެ މަސައްކަތެވެ. މީގެ އިތުރުން، ކޭބަލް ޖަންކްޝަން ހޮޅި އެޅުމުގެ މަސައްކަތާއި، މޫނިމާ މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މިދިޔަ ހަފްތާގައި، ކުޑަހުވަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން ބޭނުންވާ ސާމާނު އެރަށަށް ފޮނުވާފައިވާކަން އާރްޑީސީން ފާހަގަކޮށްފައިވެއެވެ.

އަދި މިހާރު އެ ކުންފުނިން އެދަނީ އެރަށުގެ މަގު ހެދުމުގެ އަމަލީ މަސައްކަތް ފަށާ ބާރު ސްޕީޑުގައި ކުރިއަށް ގެންދަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު