Saturday, October 31
ކޮޅުފުށީ 100 ހައުސިން ޔުނިޓަށް ފެނާއި ކަރަންޓު ގުޅުމުގެ މަސައްކަތް ފަށަން ތައްޔާރުވަނީ: ފަތުރުވެރިކަމާބެހޭ ވުޒާރާ

މ. ކޮޅުފުށީގައި ތަރައްޤީކޮށްފައިވާ 100 ހައުސިން ޔުނިޓަށް ފެނާއި ނަރުދަމާއާއި ކަރަންޓު ގުޅުމުގެ މަސައްކަތް ފެށުމަށްޓަކައި ތައްޔާރުވަމުން އަންނަކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން މިއަދު ވިދާޅުވެއްޖެއެވެ.

ކޮޅުފުށީގައި 100 ހައުސިން ޔުނިޓުގެ މަސައްކަތް ނިންމާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް، މި ޔުނިޓުތަކުގައި ޔުޓިލިޓީގެ އެއްވެސް ޚިދުމަތެއް ޤާއިމުކޮށްފައިނެތުމުން، މިހާތަނަށް އެއްވެސް ފަރާތަކާ ހަވާލުކޮށްފައެއް ނުވެއެވެ. މި މައްސަލަ ދިގުލައިގެން ދިއުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް މައްސަލައެއް ހުށަހަޅާފައިވެއެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، ލިބިފައިވާ ބަޖެޓުން ހައުސިން ޔުނިޓުތަކަށް ޔުޓިލިޓީ ޚިދުމަތް ގުޅުމަށް ދަތިތަކެއް ހުރިކަމަށާއި، އިތުރު ފައިސާ ބޭނުންވެއެވެ. އަދި މިކަމާ ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަންގެ ޕްރޮޕޯސަލެއް މިދިޔަ އާދިއްތަ ދުވަހު ވުޒާރާއަށް ލިބިފައިވާކަމަށް ވެސް އެވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މި މައްސަލައާ ގުޅޭގޮތުން ވިދާޅުވެފައިވަނީ، ހައުސިން ޔުނިޓުތައް އަޅަމުންދިޔައިރު، ކޮޅުފުށީގައި ފެނާއި ނަރުދަމާގެ މަސައްކަތް ނިމިފައިނުވާތީ ކަމަށެވެ. ނަމަވެސް، މިހާރު އެ މަސައްކަތް ފެށުމަށްފަހު 20 ހަފުތާގެ ތެރޭގައި ނިމޭނެކަމަށް އެ ވުޒާރާއިން އުންމީދުކުރައްވާކަމަށް ވަނީ ހާމަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު