Saturday, October 31
ކަސްޓަމްސް އިން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އެހީތެރިވަނީ

ކަސްޓަމްސްގެ މިއަހަރުގެ އަހަރީ ދުވަހާއި ގުޅިގެން އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު(އެޗްޕީއެސްއެން) އަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން ހެލްތު މިނިސްޓްރީ އާއި އެކު މަޝްވަރާކޮށްފިއެވެ.

މިކަމަށްޓަކައި ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އިސްވެރިންނާއި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު ދެއްކެވި ވާހަކަފުޅުގައި ކަސްޓަމްސްގެ މި ނިންމުމަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ކަސްޓަމްސްގެ ސީއެސްއާރުގެ ދަށުން ކުރައްވަމުންގެންދަވާ މިފަދަ މަސައްކަތްތައް ފާހަގަކޮށް، އެހެނިހެން މުއައްސަސާތަކަށް ނަމޫނާ އެއްކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އެހީއެއް ފޯރުކޮށްދެއްވާއިރު، ދިގުމުއްދަތަކަށް ފައިދާވާނެ ފަދަ ގޮތަކަށް ކުރާނެ މަސައްކަތެއް ނުވަތަ އެހީތެރިކަމެއް ދެ އިދާރާ ގުޅިގެން ނިންމަވާ އެކަމެއް ކުރިއަށް ގެންދިއުމަށް ވެސް މިނިސްޓަރ ވަނީ އިރުޝާދު ދެއްވާފައެވެ.

" ކެޕިޓަލް އިންވެސްޓްމަންޓަކަށް ވިސްނެވިއްޔާ ވަރަށް ރަނގަޅު ވާނެ. މިސާލަކަށް ނެޕީފަދަ ތަކެތި ހަދިޔާކޮށްލުމަށްވުރެ ދާއިމީ އެހީއެއްގޮތަށް މަރާމާތު ކުރުން ފަދަ ކަމެއް." މިނިސްޓަރ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު