Saturday, October 31
ކައުންސިލަރުން ކުރާނެ މަސައްކަތެއް ނެތޭ ދަނޑުވެރިންނޭ ބުނަނީ ކައުންސިލްތައް ނިކަމެތިކުރަން: އައްޑޫ ސިޓީ ކައުންސިލް
ގޮތުގައި އާބާދީގެ ނިސްބަތުން އައްޑޫ ސިޓީގައި ކައުންސިލަރުންގެ އަދަދު ގިނައެއް ނޫން ކަމަށާއި މިއީ، ސިޔާސީ ގޮތުން އާއްމުންގެ ފޯކަސް ބަދަލުކުރަން ކުރާ ކަމެއް ކަމަށް އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އައްޑޫ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ކައުންސިލަރުންގެ އަދަދު މަދުކުރުމާ ގުޅޭގޮތުން އިއްޔެ ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުން ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ވަނީ ކައުންސިލްތަކުން މަސައްކަތްނުކުރާ ކަމަށް ވިދާޅުވެފަ އެވެ. އައްޑޫ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިިމް ދީދީ ވެސް ވަނީ އައްޑޫ ކައުންސިލަށް އެއްވެސް ކަމެއް ނުކުރެވޭ ކަމަށް ވިދާޅުވެ މަޖިލީހުގައި އިއްޔެ ވާހަކަފުޅު ދައްކަވާފައެވެ.

އެކަމާ ގުޅިގެން، އައްޑޫ ކައުންސިލުން ބޭއްވި ނިއުސް ކޮންފަރެންސްގައި މޭޔަރ އަލީ ނިޒާރު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ އެއީ ކައުންސިލްތަކުގެ އަގުވައްތާލަން ދެއްކެވި ވާހަކައެއް ކަމަށެވެ.

އޭނާ މިއަދު ވިދާޅުވީ ރާއްޖޭގެ ކައުންސިލްތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދާ ކައުންސިލަކީ އައްޑޫ ސިޓީ ކައުންސިލް ކަމަށެވެ.

މިއަދު ގެ ނޫސްކޮންފަރެންސްގައި އައްޑޫ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އިމާދު ސޯލިހު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް 2019 ވަނަ އަހަރު ގެނައި އިސްލާހަށް ފަހު 2021 ވަނަ އަހަރު ކައުންސިލްގެ އާމްދަނީ 13 މިލިއަނަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތަށް، އެއް އަހަރުން އަނެއް އަހަރަށް ކައުންސިލްގެ އާމްދަނީ އިތުރުވަމުން އަންނަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން 2020 ވަނަ ބްލޮކް ގްރާންޓުގެ ގޮތުގައި 60.6 މިލިއަން ރުފިޔާ

2021 ވަނަ އަހަރު 62.5 މިލިއަން ރުފިޔާ

2022 ވަނަ އަހަރު 68.7 މިލިއަން

2023 ގައި 82.2 މިލިއަން

2024 ގައި 95.3 މިލިއަން

2025 ވަނަ އަހަރު 100.9 މިލިއަން ރުފިޔާ

އައްޑޫ ކައުންސިލުން މިއަދު ވަނީ ކައުންސިލްތަކުން ބޭކާރު ހަރަދުތައް ކުރާ ކަމަށް ދައްކާ ވާހަކަތަކަށްވެސް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ކައުންސިލުން ހޯދާ އާމްދަނީން އައްޑޫގެ މުހިއްމު ކަންކަމަށް ހޭދަކުރަމުން އަންނަ ކަމަށެވެ.  އެގޮތުން ކައުންސިލްގެ އޮފީސްތަކާއި މިސްކިތްތައް ސޯލާކުރުން ފަދަ މަސައްކަތްތަކަކީ ކައުންސިލުން ހޭދަކޮށްފައިވާ ކަންކަންކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު