Saturday, October 31
ޔުމްނު ވެއްޓުނު ހާދިސާގެ ރިޕޯޓު ޝާއިޢުކުރަން ރައީސް އަންގަވައިފި
2025 އެޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ތަޙުޤީޤު ކުރުމަށް އެކުލަވާލި ކޮމިޝަންގެ ފައިނަލް ރިޕޯޓު ޝާއިޢުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ. ކޮމިޝަނާ ޙަވާލުކުރެވުނު މަސައްކަތް ނިންމައި، ކޮމިޝަނުގެ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާފައިވާ ކަމަށް ބުނެ އެކްސްގައި ކުރި ޕޯސްޓް ރީޕޯސްޓް ކުރައްވައި ރައީސް ވިދާޅުވީ، ކޮމިޝަންގެ ރިޕޯޓު ލިބިވަޑައިގެންފައިވާ ކަމަށާއި، މުޅި ރިޕޯޓު ޝާއިޢުކުރުމަށް އިރުޝާދު ދެއްވާފައިވާނެ ކަމަށެވެ. ރިޔާސީ ކޮމިޝަނަކީ އިމާރާތެއްގެ މަތިން ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލަން ރައީސް މުއިއްޒު  އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ އުފެއްދެވި ކޮމިޝަނެކެވެ. މި ކޮމިޝަންގައި ފަސް މެމްބަރުން ތިއްބަވައެވެ. ކޮމިޝަން ރައީސް އުފެއްދެވީ އުފެއްދެވީ ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލި ޒުވާނުންތަކެއް މުޒާހަރާވެސް ކުރިފަހުންނެވެ. ކޮމިޝަންގައި ތިއްބަވާ މެމްބަރުންނަކީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދާއި ޑރ. މޫސާ މުރާދާއި ޖަބީން މުހައްމަދާއި އައިމިނަތު އީނާސް އެވެ. ކޮމިޝަންގެ ރައީސަކީ މުނައްވަރެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު