ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު މެންދުރުގެ ކެއުމެއްގައި ބައްދަލުކުރައްވައި، ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވާކަން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރައްވާފައިވެއެވެ. ފައްޔާޒް ވިދާޅުވެފައިވަނީ ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން ދެއްވި މެންދުރުގެ ކެއުމަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.
"ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރާން ހުރި މަސައްކަތާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްލެވިއްޖެ. ގައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން." ފައްޔާޒް ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި ނަޝީދު ރާއްޖެ ވަޑައިގެންނެވީ އިއްޔެއެވެ. އަދި ރޭގައި ވެސް ފައްޔާޒް ނަޝީދާއި ބައްދަލުކުރައްވާފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ނަޝީދާއި ފައްޔާޒްއަކީ ކުރިން ވަރަށް ގާތް ދެ ބޭފުޅުންނެވެ. އެމްޑީޕީގެ އެކި މަސައްކަތްތައް އެކުގައި ކުރެއްވި ދެ ބޭފުޅުންނެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ޕާޓީގެ އެތެރޭގައި އުފެދުނު ކޯޅުންގަނޑުގެ ތެރޭގައި ދެ ބޭފުޅުންގެ ގުޅުން ހީނަރުވެގރުވެގެން ދިޔައެވެ. އޭގެ ފަހުން ނަޝީދު އެމްޑީޕީ ދޫކޮށް އެމަނިކުފާނަށް ތާއީދުކުރެއްވި ބޭފުޅުންނާއެކު ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވިއެވެ.
މި ލިޔުން ކިޔާލުމުން