-
ރާއްޖޭގައި އާއްމުކޮށް ލޭ ބޭނުންވާ ހާލަތްތަކުގެ ތެރޭގައި:
- ތެލެސީމިއާގެ ފަރުވާ
- ތަފާތު އޮޕަރޭޝަންތައް
- ބައެއްކަހަލަ ކެންސަރަށް ފަރުވަދިނުން
- މާބަނޑުމީހުން
ލޭ ހަދިޔާ ކުރުމުގެ ކަންކަން ހަރުދަނާ ކުރުމަށް ރާއްޖޭގެ ފަސް ސަރަހައްދުގައި ގާއިމްކުރެވިފައިވާ ހޮސްޕިޓަލްތަކުގައި ބްލަޑް ބޭންކް ވަނީ ޤާއިމްކޮށްފައެވެ. މީހަކު މާބަނޑު މީހަކަށް ހަދިޔާ ކުރާ ލެއިން، އަންހެނެއްގެ ފުރާނަ، ދަރިފުޅު އަދި މުސްތަގުބަލަކަށް މަގުފަހިވެއެވެ. ރާއްޖޭގައި އާއްމުކޮށް ލޭ ހަދިޔާ ކުރުމަށް ވޮލަންޓިއަރުން މަދެވެ. ލޭ ހަދިޔާކުރުމަށް އެކި ކުންފުނިތަކާއި، ރިސޯޓްތަކާއި ޖަމްޢިއްޔާ ތަކުން އިސްނަގައިގެން ލޭ ހަދިޔާކުރުމުގެ ކެމްޕޭންތައް ކުރިއަށްގެންދެއެވެ. ނަމަވެސް މއިީ ލޭ ބޭނުންވާ ނިސްބަތަށް ބަލާއިރު ބޭނުންވާ މިންވަރެއް ނޫނެއެވެ. ރާއްޖޭގައި އެންމެ ގިނައިން ލޭ ބޭނުންވަނީ ތެލެސީމިއާ ފަރުވާއަށެވެ. އެކަމަށްވެސް ސޯޝަލް މިޑީއާގައި ލޭ ބޭނުންވެގެން ލެއަށް އެދޭތަން އަދިވެސް ފެނެއެވެ. ނުވަތަ އަބަދުވެސް ލޭ ދޭ މީހެއްގެ ލެއަށް އެދެވެއެވެ.🩸World Blood Donor Day 2025 “Give blood, give hope – Together we save lives.” Thank you to all who donate life. #DonateBlood #WorldBloodDonorDay pic.twitter.com/rdlB84BIAO
— Ministry of Health (@MoHmv) June 14, 2025
މިއަހަރުގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހުގެ ޝިޢާރަކީ ލޭދީގެން އުއްމީދެއް ދޭށެވެ.އެންމެން ގުޅިގެން ފުރާނަ ސަލާމަތްކުރަމެވެ.
މި ޝިއާރުގެ މަޤްޞަދަކީ، ލޭ ހަދިޔާ ކުރުމަކީ ދިރިއުޅުން ބަދަލުކޮށް، ފުރާނަ ސަލާމަތްކުރުމުގައި މުޖުތަމަޢުގެ ހަރުދަނާ ކަމާއި އެއްބައިވަންތަކަމުގެ ބާރު ދައްކުވައިދޭކަމެކެވެ.
2025 ވަނަ އަހަރާއި ހަމައަށް އައިއިރު ވެސް ލޭ ހަދިޔާ ކުރުމަކީ ވަރަށް މުހިންމު، އަދި ހައްލު ނުކުރެވި އޮތް މައްސަލައެކެވެ. ދުނިޔޭގެ ފެންވަރުގައި ކޮންމެ އަހަރަކު ގާތްގަނޑަކަށް 118.5 މިލިއަން ޔުނިޓް ލޭ ހަދިޔާ ކުރާއިރު، އަދިވެސް ޑިމާޏްޑާއި އެއްވަރަށް ލޭ ނުލިބެއެވެ. ޚާއްޞަކޮށް އާމްދަނީ ދަށް އަދި މެދުފަންތީގެ ޤައުމުތަކުގައި %60 ހަދިޔާ ކުރާ ނަމަވެސް މި ސަރަޙައްދުތަކުން ދުނިޔޭގެ އާބާދީގެ %84 ތަމްސީލުކުރެއެވެ.





