Saturday, October 31
ކޫލް ސްކޫލް ޕްރޮޖެކްޓް: ސަރުކާރު ސްކޫލުތައް އޭސީ ކުރަން ފެނަކަ އާއި ހަވާލުކޮށްފި
މިހާރު އޭސީ ނުކުރެވި ހުރިހުރިހާ ސަރުކާރު ސްކޫލްތައް އޭސީކުރުމުގެ މަސައްކަތް ކުރުމަށް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ. "ކޫލް ސްކޫލް ޕްރޮޖެކްޓް" ގެ ދަށުން ސަރުކާރު ސްކޫލުތަކަށް ބޭނުންވާ އޭސީ ހޯދުމާއި ހަރުކުރަން ފެނަކަކޯޕަރޭޝަނާއި އެޑިޔުކޭޝަން މިނިސްޓްރީ އާއި ދެމެދު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އިސްމާއީލް ޝަފީއުއެވެ. ފެނަކަ ކޯޕަރޭޗަންގެ ފަރާތުން ސޮއިކުރެއްވީ ފެނަކަ ކޯޕަރޭޗަންގެ  މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙެވެ. "ރައްޔިތުންނާއެކު" ޕޮޑްކާސްޓުގެ ތިންވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުން އޭޕްރީލް މަހު ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ރަށްތަކަށް ވަޑައިގެންނެވިއިރު ކިޔަވާ ކުދިންގެ ފަރާތުން އެންމެ ގިނައިން އެދުނު ކަމަކީ ކުލާސްރޫމްތައް ފިނިކޮށްދިނުން ކަމަށާއި، މެނިފެސްޓޯގައި ހިމަނައި ހުރިހާ ކުލާސްތަކެއް އޭސީ ކުރުމަށް ނިންމެވި ކަމަށާއި، އޭސީ ކުރާއިރު އިއާދަކުރަނިވި ހަކަތައިން ކުރެވޭ ގޮތަށް އެކަން ގެންދަން ނިންމަވާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ މިހާރު އޭސީކުރަން ހުރީ 3،604 ކުލާސްރޫމް ކަމަށާއި، މި ކުލާސްރޫމްތައް މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އޭސީކޮށްދެއްވާނެ ކަމަށެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ އޭގެތެރެއަށް ސްކޫލްތަކުގެ ހޯލުތައް އޭސީކުރުންވެސް އިތުރުކޮށްފައިވާ ކަމަށެވެ.    

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު