Saturday, October 31
ފިލިޕީންސްގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ފިލިޕީންސްގެ ރައީސް ހިޒް އެކްސަލަންސީ ފާދިނަންދް ރޮމުއާލްދޭޒް މަރްކޯޒްއަށް، އެޤައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

މިގޮތުން ރައީސްގެ މެސެޖުގައި، ފިލިޕީންސްގެ މިނިވަންދުވަހުގެ ތަހުނިޔާ، އެ މަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިޚުލާސްތެރިކަމާއެކު ފޮނުއްވާފައިވެއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައި ވަނީ ފިލިޕީންސްގެ ރައީސް މަރްކޯޒްއަށް ދުޅަހެޔޮ ޞިއްޙަތަކާއި އުފާވެރިކަން އެދިވަޑައިގެން، އެޤައުމަށާއި އެޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު