މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް 2.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.
މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި މިއީ ޖޫން 9 ވަނަ ދުވަހު ކިރާފައިވާ މަހަށް ވާ ފައިސާއެވެ. އެގޮތުން އެ ކުންފުނިން ވަނީ 16 ދޯންޏަކަށް 2،504،377ރ. ރުފިޔާ ދައްކައިފައެވެ. މި ފައިސާ ޖަމާކޮށްދީފައިވަނީ ޖޫން 11 ވަނަ ދުވަހުއެވެ.
Fishing vessel payments totaling MVR 2,504,377/- for 16 vessels (weighed on 9th June 2025) have been credited as of 11th June 2025. pic.twitter.com/BJyPlbeGEX
— Ministry of Fisheries and Ocean Resources (@MFORmv) June 11, 2025
މިފްކޯއިން އަންނަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް މަސް ކިރާތާ 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ޖަމާކޮށްދެމުންނެވެ.
މަސްވެރި ސިނާއަތަކީ ދިވެހީންގެ ލޭނާރުގެ ގޮތުގައި އަލުން ފެންނާނެ ގޮތް ހެދުމަށް ބޭނުންވާ ފައިސާ މި ސަރުކާރުން ހަމަޖައްސާފައިވާ ކަމަށާއި، މަސްވެރި ސިނާއަތަށް ކުރިއަށް އޮތީ ބަހާރު މޫސުން ކަމަށް މީގެ ކުރިން ވަޒީރު ޝިޔާމް ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން