Saturday, October 31
މީދޫގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި
އައްޑޫ ސިޓީ މީދޫ ދާއިރާގެ ކައުންސިލް މެންބަރު އާމިނަތު ޞާލިޙާ، މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ބޭފުޅުންނާ ބައްދަލުކުރައްވައިފި އެވެ. މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި އައްޑޫ ސިޓީ މީދޫ ދާއިރާގެ ކައުންސިލް މެންބަރާއި ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު މުއްޠަލިބުގެ އިތުރުން ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޔާމީން ބައިވެރިވެވަޑައިގެންނެވި އެވެ. ‏މި ބައްދަލުވުމުގައި، އައްޑޫ މީދޫގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ކައުންސިލަރ ޞާލިޙާ ވަނީ ހިއްސާކުރައްވާފަ އެވެ. މިގޮތުން ކައުންސިލަރ ވަނީ އައްޑޫ މީދޫ ސަރަޙައްދުގައި ކަނޑައިގެން ގޮސްފައިވާ ވަދު ކަނދުފަތި އަދި ދޮށީގެ ކަނދުފަތީގެ މައްސަލަ ޙައްލުކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. މީގެ އިތުރުން ހުޅުމީދޫ މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ. އަދި މި ސަރަހައްދުގައި މަސްވެރިކަމުގެ ދާއިރާއިން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވި އެވެ. ކައުންސިލަރ ޞާލިޙާ އެދިވަޑައިގެންނެވި ގޮތަށް އެ ސަރަހައްދުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ސްޓޭޓް މިނިސްޓަރ އަޙްމަދު މުއްޠަލިބް ވަނީ ވިދާޅުވެފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު