Saturday, October 31
އާރުޑީސީގެ މަސައްކަތްތަކަށް ވަޒީފާ ދިނުމުގައި އިސްކަންދެނީ ދިވެހިންނަށް: އާރްޑީސީގެ އެމްޑީ

އާރުޑީސީގެ މަސައްކަތްތަކަށް ވަޒީފާ ދިނުމުގައި އެންމެ އިސްކަމެއް ދެނީ ދިވެހިންނަށްކަމަށް އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން އަލީ ޒުހައިރު ވިދާޅުވީ، މިކަމަށްޓަކައި ކޮންމެ ރަށެއްގައިވެސް ކުރާ މަސައްކަތްތަކަށް އެރަށެއްގައި ތިބި ހުނަރުވެރި ދިވެހި މަސައްކަތްތެރިން ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

"ކޮންމެ ރަށަކުން ވެސް އެންމެ ފުރަތަމަ ބަލަނީ އެ ރަށަކުން ބޭނުންވާ ހުނަރުވެރި މަސައްކަތްތެރިން ލިބޭތޯއެވެ. މީގެ ތެރޭގައި ވަޑާންކުރާ މީހުންނާއި، ޓައިލްސްމަނުންނާއި، އޮވަޖަހާ މީހުންނާއި، ސިމެންތި ޖަހާ މީހުން ހިމެނެއެވެ." އެމްޑީ ވިދާޅުވިއެވެ.

އާރުޑީސީން ކުރިއަށްގެންދާ ގިނަ ޕްރޮޖެކްޓުތަކުގައި ހުނަރުވެރި އަދި ދެވަނަ ފަންތީގެ މަސައްކަތްތެރިންގެ ބޭނުން ޖެހޭކަމަށާއި، މިފަދަ މަސައްކަތްތެރިން ހޯދުމުގައި މިނިސްޓްރީ އޮފް ފައިނޭންސްއާ ގުޅިގެން މަސައްކަތްކުރަމުންދާކަމަށް އެމްޑީ ވިދާޅުވިއެވެ.

އެމްޑީ އިތުރަށް ވިދާޅުވި ގޮތުގައި، މިހާރު ރަށްރަށުން މިފަދަ ހުނަރުވެރި ދިވެހި މަސައްކަތްތެރިން ލިބެމުންދާ ކަމަށާއި، މި މަސައްކަތްތެރިންގެ އެހީގައި ޕްރޮޖެކްޓުތައް ކުރިއަށް ގެންދެވެމުންދާ ކަމަށެވެ.

އަދި ކޮންމެ ރަށަކުން ވެސް އެރަށެއްގައި ތިބި ދިވެހި ޤާބިލު މީހުން ހޯދައިގެން މަސައްކަތް ކުރިއަށް ގެންދިއުމަކީ ސަރުކާރުންވެސް އެންމެ އިސްކަންދޭ ކަމެއްކަމަށް އެމްޑީ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު