Monday, November 9
އަޙްމަދު ރަޝީދަކީ މީހުންނާ ގުޅިގެން މަސައްކަތް ކުރެއްވުމުގައި ފާހަގަ ކުރެވޭ ބޭފުޅެއް: ޢަބްދުއްރަޙީމް
ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ރަޝީދަކީ މީހުންނާ ގުޅިގެން މަސައްކަތް ކުރެއްވުމުގައި ފާހަގަ ކުރެވޭ ބޭފުޅެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މިގޮތުން މިއަދު އެކްސްގައި ޕޯސްޓްކުރެއްވި ތަޢުޒިޔާގެ މެސެޖެއްގައި ޢަބްދުއްރަޙީމް ވިދާޅުވީ އަޙްމަދު ރަޝީދު އަވަހާރަވި ޚަބަރު އެއްސެވީ ނުހަނު ފުން ހިތާމަޔާއި އަސަރާއެކު ކަމަށެވެ. މީގެ އިތުރުން ޢަބްދުއްރަޙީމް ވިދާޅުވީ މަރުޙޫމް އަޙްމަދު ރަޝީދަކީ އެކުގައި މަސައްކަތްކުރަން ފަސޭހަ، މީހުންނާ ގުޅިގެން މަސައްކަތް ކުރެއްވުމުގައި ވަރަށް ފާހަގަ ކުރެވޭ ބޭފުޅެއް ކަމަށާއި، މަރުޙޫމް އަޙްމަދު ރަޝީދުވަނީ ޕީއެންސީ އަށް އަގު ނުކުރެވޭ ފަދަ ގިނަ މަސައްކަތްތަކެއް ކޮށް ދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. "މަރުޙޫމްގެ ފުރާނަޔަށް ސުވަރުގޭގެ ތަނަވަސް ރަޙުމަތް މިންވަރުކުރަައްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން!"، އެ ޕޯސްޓުގައި ޢަބްދުއްރަޙީމް ވިދާޅުވެފައިވެއެވެ. އަޙްމަދު ރަޝީދު އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންވެސް ވަނީ ތަޢުޒިޔާ ދަންނަވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު