ބ. ތުޅާދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މިގޮތުން ޖޫން 5 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސާއި ތުޅާދޫ ޕޮލިހުން ގުޅިގެން ތުޅާދޫގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ބ.ތުޅާދޫ / ހިތިގަސްދޮށުގެ، އަދުހަމް ރަޝީދު (23އ) އެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިދީފައެވެ.
ފުލުހުން ބުނީ ތުޅާދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ކޯޓުއަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 22 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ ތުޅާދޫ ޕޮލިސް ސްޓޭޝަނުން މި މައްސަލަ ތަޙުޤީޤުކުރަމުންދާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން