Monday, November 2
ނަވީން ޕޮލިސް ކޮމިޝަނަރު ކަމަށް އައްޔަންކޮށްފި
ޑެޕިއުޓީ ކޮމިޝަނަރ ގެ މަޤާމުގައި ހުންނެވި، ކޮމިޝަނަރ އޮފް ޕޮލިސް ގެ މަޤާމަށް އިސްމާޢީލް ނަވީން މިއަދު އައްޔަންކުރައްވައިފިއެވެ. ނަވީން މީގެ ކުރިން ހުންނެވީ ވަގުތީގޮތުން ފުލުހުންގެ އިދާރާ ހިންގުމާ ހަވާލުވެވަޑައިގެންނެވެ. ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މިދިޔަ އޭޕްރީލް މަހު އިސްތިއުފާ ދެއްވުމުންނެވެ. އެމަޤާމަށް ކުރިމަތިލެއްވީ ނަވީންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމްއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު