ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޕޯޗުގަލްގެ ރައީސް ހިޒް އެކްސެލެންސީ މާސެލޯ ހިބެލޯ ޑިސޯޒާއާއި ބޮޑުވަޒީރު ހިޒް އެކްސެލެންސީ ލުއިޝް މޮންޓިނެގްރޯއަށް ޕޯޗުގަލް ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.
މިގޮތުން ޕޯޗުގަލްގެ ރައީސަށް އެމަނިކުފާނު ފޮނުއްވި މެސެޖުގައި ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި، ޕޯޗުގަލް ދުވަހުގެ މުހިންމުކަން ފާހަގަކުރައްވައި، ދިވެހި ރައްޔިތުންގެ ނަމުގައި ޕޯޗުގަލްގެ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވިއެވެ.
އަދި މި މެސެޖުގައި ރައީސް ވަނީ ރައީސް ޑިސޯޒާއަށް ފުރިހަމަ ޞިއްޙަތަކަށާއި އުފާވެރިކަމަށް އެދިވަޑައިގެން އެ ޤައުމަށާއި އެ ޤައުމުގެ ރައްޔިތުންނަށް އުފާ ފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ޕޯޗުގަލްގެ ބޮޑުވަޒީރު ލުއިޝް މޮންޓިނެގްރޯއަށް ވަކިން ފޮނުއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަނިކުފާނަށާއި އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ޤައުމީ ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ނަންފުޅުގައި، ބޮޑުވަޒީރު މޮންޓިނެގްރޯއަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން އެ ޤައުމަށް ކުރިއެރުމާއި ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.
މީގެ އިތުރުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވެސް ރައީސް ވަނީ ޕޯޗުގަލް ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
I offer my warmest greetings and best wishes on the historical occasion of Portugal Day to President @imprensagov, Prime Minister @LMontenegro_PT, the Government and people of Portugal.
As this year marks 30 years of the establishment of formal diplomatic relations, I reaffirm… pic.twitter.com/CizBGx6Jam
— Dr Mohamed Muizzu (@MMuizzu) June 10, 2025
އެ ޕޯސްޓުގައިމި އަހަރަކީ ދިވެހިރާއްޖެއާއި ޕޯޗުގަލްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 30 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.
މި ލިޔުން ކިޔާލުމުން