Monday, November 2
ރާއްޖެއާއި އޮމާނާ ދެމެދު ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް، އޮމާންގެ ތިމާވެށީގެ އޮތޯރިޓީގެ ޗެއަރމަނާއި އދ. ގެ ތިމާވެށީގެ ޕްރޮގްރާމްގެ ރައީސް، ޑރ. އަބްދުﷲ ބިން އަލީ އަލް-އަމްރީއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި، ދެ ބޭފުޅުން ވަނީ ރާއްޖެއާއި އޮމާނާ ދެމެދު ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، ވަޒީރު ޠާރިޤު ވަނީ އދ. ގެ ތިމާވެށީގެ އެސެމްބްލީގައި ކުރިއަށްދާ މަޝްވަރާތަކަށް ރާއްޖެއިން ޑރ. އަލް-އަމްރީއަށް ދެމުންދާ އެއްބާރުލުން އަލުން ހާމަކުރައްވާފައެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި މި ބައްދަލުވުމަކީ ދެ ޤައުމުގެ ތިމާވެށީގެ ދާއިރާގެ އިސްވެރިން ބައްދަލުކޮށް، މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދެވުނު ފުރުޞަތެއްކަމަށް ބެލެވެއެވެ. މިފަދަ ބައްދަލުވުންތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެ، ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

މިއީ މިހާރު ކުރިއަށްދާ އދ. ގެ ކަނޑުތަކާބެހޭ މަހާސިންތާގެ ހަވާސާގައި ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު