Saturday, October 31
ހުއްދަ ނުހޯދައި "ބޯމަތިވަނީ" ޢީދު ލަވަ ޕީއެސްއެމް އިން ގެނެސްދިން މައްސަލައެއް ފެންމަތިވެއްޖެ

ނ. މަނަދޫއަށް ނިސްބަތްވާ "ހިޔަލަ" ގްރޫޕުން 1446 ވަނަ އަހަރުގެ އަޟުޙާ ޢީދަށް ޚާއްޞަކޮށްގެން ނެރުނު "ބޯމަތިވަނީ" ލަވަ، އެ ގްރޫޕްގެ ހުއްދައަކާ ނުލައި ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ގެނެސްދިން މައްސަލަ ފެންމަތިވެއްޖެއެވެ.

އެ ގްރޫޕުން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ ގްރޫޕްގެ ހުއްދައާ ނުލައި "ބޯމަތިވަނީ" ޕީއެސްއެމް އިން ބްރޯޑްކާސްޓްކޮށްފައިވާތީ ކަންބޮޑުވެ، ހިތާމަކުރާ ކަމަށެވެ.

މިގޮތުން "ހިޔަލަ" އިން ބުނީ ޓީވީއެމް ވެސް އަދި އެހެން އެއްވެސް ޗެނަކަލަށް އެ ގްރޫޕްގެ ޢީދު ލަވަ ދައްކައި އާންމުކުރުމުގެ ހުއްދަ އެއްވެސް އިރެއްގައި ދީފައިނުވާނެ ކަމަށެވެ. ހުއްދައާ ނުލައި މިގޮތަށް ލަވަ ގެނެސްދިނުމަކީ އެ ގްރޫޕްގެ ޙައްޤުތައް އަރައިގަތުމުގެ އިތުރުން ވަރަށް "އަންޕްރޮފެޝަނަލް" ކަމެއް ކަމުގައިވެސް "ހިޔަލަ" އިން ސިފަކޮށްފައިވެއެވެ.

އެ ގްރޫޕުން ބުނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށާއި، މިކަމުގައި އެޅޭނެ ޤާނޫނީ ފިޔަވަޅުތައް ބަލަމުންދާ ކަމަށެވެ.

"ހިޔަލަ" އިން ވަނީ "ބޯމަތިވަނީ" ލަވަ އެ ގްރޫޕްގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް އާންމުކޮށްފައެވެ. އެ ވީޑިއޯއަށް މިހާތަނަށް 86،000 އަށް ގިނަ ވިއުސް ވަނީ ލިބިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ހާލުފޮޅިފޮޅި - 2025-06-09T14:33:16

    ލޮލް.. ތިއޮތީ ވާ ލަވައެއް ކުޅެވިފަ..