Saturday, October 31
ޢީދާ ގުޅިގެން ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ފުލުހުންގެ ޚާއްސަ ހަރަކާތެއް

އަޟްހާ ޢީދުގެ މުނާސަބާތާއ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށުގައި ފިޔަވަތީގައި ތިބޭ ކުދިންނަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ، ހެޔޮއެދޭ ފަރާތަކުން ހަދިޔާކުރެއްވި މެންދުރު ކެއުމަކާއެކު ފުލުހުންގެ ފަރާތުން "ވަރަށް ލޯބިން" މި ނަމުގައި ޚާއްސަ ހަރަކާތެއް ހިންގާ، އެކުދިންނަށް ވަނީ ޢީދު ހަދިޔާ ދީފައިވާ ކަމަށެވެ. ހަމައެހެންމެ، ހުޅުމާލެ ފޭސް 1 ޕޮލިސް އިން އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން އެކުދިންނާއެކު އުފާވެރި ވަގުތުކޮޅެއް ވަނީ ހޭދަކޮށްފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

އަޟްހާ ޢީދާ ދިމާކޮށް ދައުލަތުގެ ބެލުމުގެ ދަށުގައި ފިޔަވަތީގައި ބަލަހައްޓަމުންދާ ހުރިހާ ކުދިންނަށް އެހީ ޖަމުޢިއްޔާ، އިންޓާރނޭޝަނަލް އެއިޑް ކެމްޕެއިން އަދި އަލް އަސްރު ގެ ފަރާތުން ވެސް ވަނީ ޢީދު ހަދިޔާ އާއި ޢީދު ކެއުން ހަދިޔާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު