ލ. ގަމުގެ ލިންކް ރޯޑުގައި އުތުރުން ދެކުނަށް ދުއްވަފައި ދިޔަ ސައިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އެކަކު ސާޖަރީ ހެދުމަށް މިއަދު މާލެ ގެނެސްފިއެވެ.
ފުލުހުން ބުނިގޮތުގައި މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ 19:03 ގައެވެ.
މި އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ މީހުންނަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށާއި ސައިކަލު ދުއްވަން އިން 44 އަހަރުގެ ދިވެހި ފިރިހެން މީހާގެ ކަނާތު ފައިގެ ދެ ތަނަކުން ބިންދި ބޮޑަށް ފެލި އިތުރު އަނިޔާ ވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ފަހަތުގައި އިން 44 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބޮލަށް 2 ތަނަކުން ފެޅިފައިވާ ކަމަށާއި އޭނާގެ ކަނާތު ފައި ދެ ތަނަކުން ބިނދި، އިތުރު އަނިޔާވެފައިވާކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
އެހެންނަމަވެސް ކާރު ދުއްވަން އިން 62 އަހަރުގެ ދިވެހި ފިރިހެން މީހާއަށް އެއްވެސް އަނިޔާއެއް ނުވާ ކަމަށްވެސް ފުލުހުން ވަނީ މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައެވެ.
ސައިކަލު ދުއްވަން އިން މީހާ މާލެ ގެނެސްފައިވާއިރު، އޭނާ މާލެ ގެނެސްފައިވަނީ ބިންދައިގެން ދިޔަ ތަނުގެ ސާޖަރީ އެ ހޮސްޕިޓަލުން ނުހެދޭތީއެވެ.
މި އެކްސިޑެންޓުގައި ދެ އުޅަނދަށްވެސް ވަނީ އެކި ވަރުގެ ގެއްލުން ވެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން