40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް ހިސާބުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މިގޮތުން މެޓް އޮފީހުން ވަނީ މިއަދު 13:30 އިން 18:30 އަށް ފުވައްމުަލަކު ސިޓީން ފެށިގެން އައްޑޫ ސިޓީއާ ދެމެދަށް ހުދު ސަމާލު ނެރެފައެވެ. އެ އިދާރާއިން ވަނީ މި ވަގުތުތަކުގައި މި ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށްފައެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށާއި، ކަނޑުތައްވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
މިއަދު 10:00 އިން މާދަމާ 10:00 އަށް މެޓް އޮފީހުން ރާއްޖޭގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން ޢާއްމުގޮތެއްގައި ރަގަޅުވާނެއެވެ.
މީގެ އިތުރުން، ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ރާޅުގެ އުސްމިނުގައި 3-5 ފޫޓު ހުންނާނެ ކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.
މި ލިޔުން ކިޔާލުމުން