އާދިއްތަ, November 15
ކަނޑަކީ ހަމައެކަނި ވަސީލަތެއް ނޫން، އެއީ ދިރިއުޅުމުގެ އަސާސެއް: ރައީސް
ކަނޑަކީ ހަމައެކަނި ވަސީލަތެއް ނޫން ކަމަށާއި، އެއީ ދިރިއުޅުމުގެ އަސާސެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ރައީސް ވިދާޅުވީ ދުނިޔޭގެ ޞިއްޙަތު ފެށެނީ ކަނޑުތަކުގެ ދުޅަހެޔޮކަމުން ކަމަށާއި، ރާއްޖެފަދަ ޖަޒީރާ ޤައުމުތަކަށް ކަނޑަކީ ހަމައެކަނި ދިރިއުޅުމުގެ ވަސީލަތެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ ކަނޑަކީ މަސްވެރިކަމާއި ފަތުރުވެރިކަމާއި އަދިވެސް އެހެނިހެން ކަންކަމުގެ ތެރެއިން ދިރިއުޅުން ދަމަހައްޓައިދޭ ދިރިއުޅުމުގެ އަސާސެއް ކަމަށެވެ. ނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ފެންގަނޑު ހޫނުވެ، ކަނޑުގައި މަސް ހުންނަ ވަރު ބަދަލުވެ، ގޮނޑުދޮށްތައް ގިރައިގެންދާ ކަމުގައި އެމަނިކުފާނު ފަހަގަކުރެއްވިއެވެ. އެހެންކަމުން މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގައި، އަޅުގަނޑުމެންގެ ދިރިއުޅުން ދަމަހައްޓައިދޭ ކަނޑު ދެނެގަނެ، ކަނޑަށް އިޙްތިރާމްކޮށް، ކަނޑު ރައްކާތެރިކުރުމަށް އަޒުމު ކަނޑައެޅުމަށް ރައީސް ވަނީ ގޮވާލައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު