Saturday, October 31
އައިއެލްއޯގެ އޮބްޒާވަރ ޤައުމެއްގެ ގޮތުގައި ފަލަސްޠީން ބަލައިގެންފި

އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައިއެލްއޯ) ގެ އޮބްޒާވަރ ޤައުމެއްގެ ގޮތުގައި ރަސްމީކޮށް ފަލަސްޠީން ބަލައިގެންފިއެވެ.

މިގޮތުން އިއްޔެ ކުރިއަށްދިޔަ 113 ވަނަ ބައިނަލްއަޤްވާމީ ލޭބަރ ކޮންފަރެންސްގައި މިކަމަށްޓަކައި ނެގި ވޯޓުގައި ފަލަސްޠީނާ އެއްކޮޅަށް 386 ވޯޓު ލިބިފައިވާއިރު، ދެކޮޅަށް ލިބިފައިވަނީ 15 ވޯޓެވެ. އަދި ވޯޓުގައި ބައިވެރިނުވަނީ 42 ފަރާތެކެވެ.

މިއީ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ މުޖުތަމަޢުގައި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކާއި ކަރާމާތް ނެގެހެއްޓުމަށް ލިބުނު ވަރުގަދަ ކުރިއެރުމެކެވެ. މި ވޯޓުގައި ރާއްޖެއިންވެސް ބައިވެރިވެފައިވާއިރު، މި ތާރީޚީ ނިންމުމުގައި ރާއްޖެއިން ހިއްސާވުމަކީ ލިބުނު ފަޚުރެއް ކަމުގައި މި ކޮންފަރެންސްގައި ބައިވެރިވި ދިވެހި ވަފުދުން ފާހަގަކުރެއެވެ.

މި ވޯޓަށްފަހު ދިވެހި ވަފުދުގައި ހިމެނިވަޑައިގަންނަވާ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވަނީ ފަލަސްޠީނުގެ ވަފުދާ ބައްދަލުކުރައްވައި، ދިވެހިރާއްޖެއިން އަބަދުވެސް އިންސާފާއި ކަރާމާތާއި ބައިނަލްއަޤްވާމީ އެއްބައިވަންތަކަމަށް ތާއީދުކުރާނެކަމުގެ ޔަޤީންކަން އަރުވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު