Saturday, October 31
ލ. ގަމުގައި ޢީދަށް ވަމުންދާ ތައްޔާރީތަކާ ބެހޭގޮތުން މަޝްވަރާކޮށްފި

ލ. ގަމުގައި އަޟްޙާ ޢީދަށް ވަމުންދާ އެންމެ ފަހުގެ ތައްޔާރީތަކާ ބެހޭ މަޢުލޫމާތުތައް ހޯދުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ގަމު ކައުންސިލާ ބައްދަލުކޮށްފިއެވެ.

މިގޮތުން ހޯމަ ދުވަހުގެ ރޭ ގަމު ކައުންސިލްގެ އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި، އެ ވުޒާރާގެ ޓީމާއެކު ޕީ.އެސް.އެމްގެ ޓީމެއްވެސް ބައިވެރިވިއެވެ. މި ބައްދަލުވުމުގައި އެ ވުޒާރާގެ ފަރާތުންވަނީ ޤައުމީ ފެންވަރުގައި ގަމުގައި ފާހަގަކުރާ ޢީދުގެ އެންމެ ފަހުގެ ތައްޔާރީތަކާ ބެހޭގޮތުން މަޢުލޫމާތު ސާފުކޮށްފައެވެ.

އަދި ޕީ.އެސް.އެމްގެ ފަރާތުން ޢީދު ކަވަރޭޖަށް ބޭނުންވާ ކަންކަމާ ބެހޭގޮތުން މަޝްވަރާތައް ކުރިއަށްގެންގޮސްފައިވެއެވެ.

ހައްދުންމަތީ ގަމުގައި މި އަހަރުގެ އަޟްޙާ ޢީދުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ އޮންނަ ޢީދު ވެދުމާ ދިއުމުގެ ހަރަކާތުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު