Saturday, October 31
އުނގޫފާރު މަގު ހެދުން: ދެވަނަ ފިޔަވަހި ނިމިއްޖެ

ރ. އުނގޫފާރު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފިއެވެ.

އުނގޫފާރު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީންނެވެ.

އެމްޓީސީސީން ވިދާޅުވީ، އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަސުން 8,626.55 އަކަ މީޓަރުގެ ތާރު އަޅާފައިވާ ދުއްވާ ސަރަޙައްދެއް ތަރައްޤީކޮށްފައިވާކަމަށެވެ. އަދި 2,537.75 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމުގެ އިތުރުން ސަރވިސް ލައިން ހަރުކޮށްފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ.

މީގެއިތުރުން، މަގުމަތީ ނިޝާން ހަރުކުރުމާއ،ި މަގުމަތީ ކަފިހި ހުރަސް ކުރަހައި ކުލަލުމުގެ އިތުރުން ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކޮށްފައިވާކަމަށްވެސް އެމްޓީސީސީން ވިދާޅުވެއެވެ.

އުނގޫފާރު މަގު ހެދުމުގެ މަސައްކަތުގެ ދަށުން 2021 ވަނަ އަހަރު ވަނީ އުނގޫފާރު މަގުތައް ހެދުމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ޢާއްމު ޚިދުމަތްތައް ހޯދުމަށް އެންމެ ގިނައިން ބޭނުންކުރަމުންދާ ރަށުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު