ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ގައި ފަހުގެ ތާރީޚެއްގައި ދެ ވަނަ ފަހަރަށް އެ ރަށު ރައްޔިޔުން ވަޒަންވެރިވެ، އެ ރަށް އާބާދުވިތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެ ރަށު ކައުންސިލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކަ ބެހޭ ގޮތުން މަޝްވާކުރެއްވުމަށް ވަޒީރު އާދަމް ނަޞީރު އިބްރާހީމާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ދިވެހިބަހާއ ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގައިއެވެ.
މި ބައްދަލުކުރެއްވުމުގައި ކޮނޑޭ ރައްޔިތުން މީގެ އަހަރުތަކެއް ކުރިން އެހެން ރަށަކަށް ބަދަލުވާން ޖެހުނު ގޮތާއި އޭގެ ފަހުން މީގެ 50 އަހަރު ކުރީން އެ ރައްޔިތުން އަލުން އެ ބުރި އެރަށަށް އައި ގޮތާ ބެހޭ ގޮތުންވަނީ ވާހަކަ ދައްކާފައެވެ. މީގެ އިތުރަށް އެ ރަށުގައި ހުރި އެވޭލާ ބައެއް އާސާރުތަކާއި ހަނދާންތަކާ ބެހޭ ގޮތުން ވަޒީރު ވާހަކަފުޅުދެއްކެވިއެވެ. އެ ގޮތުން އެރަށުގައި ހުރި ދުވަސްވީ އެވޭލާ އާސާރުތައް ހިމާޔަތްކޮށް ދެމެހެއްޓުމަށް ޓަކައި ދެ މުއައްސަސާއިން ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުންވެސް ވުޒާރާއާއި ކައުންސިލާ ގުޅިގެން ކުރެވެންހުރި ކަންތައްތަކާ ބެހޭ ގޮތުން ވަނީ މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން