Monday, November 9
ރ. އަތޮޅުގައި އާރް.ޓީ.އެލް ފެރީ ޚިދުމަތް ފެށުމަށް ތައްޔާރުވެއްޖެ

ރ. އަތޮޅުގައި ގައި RTL ފެރީގެ ޚިދުމަތް މިމަހު ފެށުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ. މިކަމުގެ މަޢުލޫމާތު ޙިއްޞާ ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އަދި އެމް.ޓީ.ސީ.ސީގެ މުވައްޒަފުން ވަނީ އެ އަތޮޅަށް ކޮންސަލްޓޭޝަން ދަތުރުތަކެއް ފަށާފައެވެ.

 އިންޓަގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތުގައި، ރ. އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރުކޮށް ރަށު ކައުންސިލްގެ އިދާރާތަކާއި ރަށުގެ މުހިންމު މުއައްސަސާތަކުގެ ބޭފުޅުންނާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ ރ. އަތޮޅުގެ ރަށްރަށުގައި ފެރީ ގިމަތަ އެޅުމަށް އެންމެ އެކަށީގެންވާ ސަރަޙައްދުތައް ދެނެގަތުމާއި، އެކަމަށް ބޭނުންވާ ބިން ހަމަޖެއްސުމުގެ މަސައްކަތް ކުރުމެވެ. މިއީ އާރް.ޓީ.އެލް ފެރީ ޚިދުމަތް ފެށުމުގެ ކުރިން ކުރަންޖެހޭ މުހިންމު މަސައްކަތްތަކެވެ.

 މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ގެ ސަރުކާރުން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި ޚިދުމަތް ފެށުމުން ރ.އަތޮޅުގެ ރައްޔިތުންނަށް ފަސޭހަކަމާއިއެކު އަތޮޅުގެ އެކި ރަށްރަށަށް ދަތުރުކުރެވޭނެއެވެ. މި މަޝްރޫޢުގެ ދަށުން ރ. އަތޮޅުގެ ހުރިހާ ރަށަކަށް ޤަވާޢިދުން ފެރީ ދަތުރުތައް ކުރެވޭނެ ގޮތަށް ތާވަލެއް އެކުލަވާލެވޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު