Monday, November 9
ގައިދީއަކު ހިތް ހުއްޓިގެން މަރުވެއްޖެ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަ (އެމްސީއެސް)ގެ މާފުށީ ޖަލުގައި ޙުކުމް ތަންފީޛު ކުރަމުންދިޔަ ގައިދީއަކު ނިޔާވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނީ މަރުވެފަިއވަނީ، ނ. މާފަރު / ހިތްފަސޭހަގެ، މޫސާ ޙަސްން ކަމަށެވެ. އޭނާގެ އުމުރަކީ 5 އަހަރެވެ.

މަސްތުވާތަކެތީ މައްސަލައެއްގައި 25 އަހަރު ދުވަހުގެ ޖަލު ޙުކުމް ތަންފީޛުކުރަމުން ދިޔަ މޫސަ ޙަސަންއަކީ މިދިޔަ އޭޕްރިލް މަހު އެމަޖަންސީ ޙާލަތުގައި މާލޭ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް، ފަރުވާ ދޭން ފެށި މީހެކެވެ. މޫސާ ޙަސަން ނިޔާވެފައި ވަނީ 5 ޖޫން 2025ގެ މެންދަމު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ހިތް ހުއްޓިގެން ކަމަށް ކަރެކްޝަންސް އިން މައުލޫމާތުދެއެވެ.

މޫސާ ޙަސަން ނިޔާވުމާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވަނީ ވަގުތުން އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު