Monday, October 12
އެއާޕޯޓަށް ބާރުބޮޑުވުމުން އަވަހަށް ޗެކިން ވާން އެދެފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާރުބޮޑުވުމުން އަވަހަށް ފަސިންޖަރުން ޗެކިން ވާން އެމްއޭސީއެލް އިން މިއަދު އެދެފި އެވެ.

އެމްއޭސީއެލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ އެއާޕޯޓުގެ އާ ޓާމިނަލާ ގުޅޭ މަގުތަކުގެ މަސައްކަތްކުރާތީ އާއި ގިނަ ބަޔަކު ފުރަން ދާތީ މިއަދަކީ އެ އެއާޕޯޓަށް ވަރަށް ބާރުބޮޑު ދުވަހެއް ކަމަށެވެ. އެހެންވެ، ފަސިންޖަރުން ޗެކިން ގަޑި ފެށޭ ވަގުތަށް އެއާޕޯޓަށް ދިއުމަށް އެދޭ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

 އީދު ބަންދާ ދިމާކޮށް މިއަދާއި މާދަމާ ގިނަ ބަޔަކު ފުރާނެ އެވެ.

އެއާޕޯޓަށް މިއަދު ވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފައެވެ. ބައެއް ޑޮމެސްޓިކް ފްލައިޓް އެއްގަޑިއިރަށް ފުރުންވެސް ޑިލޭވިއެވެ. އަދި ޓެކްސީތަކުގެ ކިއުގައިވެސް ގިނައިރު މިއަދު ޖެހުނެވެ. މިއަދު ގިނަ ބަޔަކު މާލެއިން ބޭރަށް ފުރަން މާލޭގައިޓެކްސީއެއް ހޯދުންވެސް ވަރަށް ބޮޑަށް ދަތިވިއެވެ. އަދި މާލޭގައި އެމްއެމްއޭ ސަރަހައްދުގައި މީހުންތައް ފުރަންގޮސް ވަނީ ފުރިފައެވެ.

މި އަހަރުގެ ހައްޖު ދުވަހަކީ މާދަމާ އެވެ. އަދި އީދު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ.

ހައްޖު ދުވަހާއި އީދު ދުވަހާ އެކު، އީދު ބަންދަށް މިފަހަރު ފަސް ދުވަހުގެ ބަންދެއް ލިބެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު