Saturday, October 31
ޙައްޖާއި ޢީދު ދުވަހާ ގުޅިގެން ވެމްކޯގެ ސައިޓްތަކުން ޚިދުމަތްދޭ ގަޑިތައް އާންމުކޮށްފި
ޙައްޖު ދުވަހާއި، އަޟްޙާ ޢީދު ދުވަހުގައި ވެމްކޯގެ ސައިޓްތަކުން ޚިދުމަތްދޭ ގަޑިތައް އާންމުކޮށްފިއެވެ. މިގޮތުން ވެމްކޯއިން ވަނީ އެ ކުންފުނީގެ މާލެ ޓްރާންސްފާރ ސްޓޭޝަންއާއި، ތިލަފުށި ސައިޓުތަކުން ދެމުންގެންދާ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ވަގުތުތައް މިއަދު އިޢުލާންކޮށްފައެވެ. ވެމްކޯއިން ހާމަކޮށްފައިވާ ގޮތުގައި ޙައްޖު ދުވަހާއި ޢީދު ދުވަހު ވެމްކޯގެ މާލޭ ޓްރާންސްފަރ ސްޓޭޝަންގެ ޚިދުމަތް ލިބޭނީ 14:00 އިން 00:00 އަށެވެ. އަދި ތިލަފުށި ސައިޓުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 14:00 އިން 17:00 އަށެވެ. މީގެ އިތުރުން ވެމްކޯއިން ބުނީ ޢީދު ދުވަހު ކެޕްސްގެ ޚިދުމަތް ފޯރުކޮށް ނުދޭނެ ކަމަށެވެ. މި އަހަރުގެ ޙައްޖު ދުވަހަކީ ޖޫން 5 ވާ ބުރާސްފަތި ދުވަހެވެ. އެހެންކަމުން މި އަހަރުގެ އަޟްޙާ ޢީދު ދުވަހަކީ ޖޫން 6 ވާ ހުކުރު ދުވަހެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު