ހިޔާ ޕާކު ސަރަހައްދުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި މައްސަލައާ ގުޅިގެން ކުޑަކުއްޖަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ރޭ ހުޅުމާލޭ ފޭސް 2 ގެ ހިޔާ ޕާކުގައި ހިނގި މާރާމާރީއާ ގުޅިގެން 16 އަހަރުގެ ފިރިހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި ރޭގެ މާރާމާރީގައި އަނިޔާވެފައިވަނީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކަށް ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އަނިޔާވި ބިދޭސީ މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން