Saturday, October 31
ނ. ހޮޅުދޫ މަގު ހެދުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާކަމަށް އާރުޑީސީން ބުނެފި

ނ. ހޮޅުދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މިއަދު ބުނެފިއެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އާރުޑީސީން ބުނެފައިވަނީ މިހާރު ކުރިއަށްދަނީ އެރަށުގެ ޗާންދަނީ މަގުގައި ކާރބް ސްޓޯން ޖެހުމާއި މުޙައްމަދު ރާޝިދު ހިނގުމުގައި ބެކް ފިލިންގގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢު އާރުޑީސީއާ ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އޭރު ސަރުކާރުން ހާމަކުރި ގޮތުގައި މި މަޝްރޫޢަށް 71 މިލިއަން ރުފިޔާ ހޭދަކުރާނެއެވެ.

މި މަޝްރޫޢުގެ ދަށުން ހޮޅުދޫގެ 3.4 ކިލޯމީޓަރުގެ މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމުކޮށް، ތާރު އަޅައި، އަދި މަގުބައްތި ވެސް ހަރުކުރާނެއެވެ.

މަޝްރޫޢު ފެށުމަށްފަހު ވަކި ހިސާބަކުން މަސައްކަތް ހުއްޓިފައިވީ ނަމަވެސް، މިދިޔަ ޑިސެންބަރު މަހު އާރުޑީސީން ވަނީ ހޮޅުދޫ މަގުތައް ހެދުމުގެ މަސައްކަތް އަލުން ފަށާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު