Saturday, October 31
އެންމެ ކުލަގަދަކޮށް ޢީދު ފާހަގަކުރާ ރަށް ބުނެގެން އެންމެ ފަހުގެ އައިފޯން 16 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު

މިއަހަރުގެ އަޟްޙާ ޢީދު އެންމެ ކުލަގަދަކޮށް ފާހަގަކުރާނެ ކަމަށް ލަފާކުރާ ރަށެއްގެ ނަން ހުށަހަޅައިގެން އައިފޯން 16 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު ޕީއެސްއެމް އެއަރއިން ހުޅުވާލައިފިއެވެ.

މި ފުރުސަތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއެމް އެއަރއަށް މެސެޖް ކުރެވޭނެއެވެ. މިއީ އަޟްޙާ ޢީދާ ދިމާކޮށް ޕީއެސްއެމް އެއަރއިން ރައްޔިތުންނަށް ހުޅުވާލި ޚާއްޞަ ފުރުސަތެކެވެ.

މި އަހަރުގެ އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ވަނީ ތިން ރަށެއް ޚާއްޞަކޮށްފައެވެ. އެއީ ހދ. ކެލާ، ކ. ގުރައިދޫ އަދި ލ. ގަން އެވެ. މި ތިން ރަށުގައި ޢީދު ފާހަގަކުރުމަށް ޚާއްޞަ ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

ޕީއެސްއެމްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޟްޙާ ޢީދު ފާހަގަކުރާ މަންޒަރު މިއަހަރުވެސް ޕީއެސްއެމްގެ އެކި ޗެނަލްތަކުން ވަގުތުން ގެނެސްދޭނެއެވެ. މިކަމަށްޓަކައި ޕީއެސްއެމްގެ ޓީމްތައް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

އަޟްޙާ ޢީދާ ދިމާކޮށް ރާއްޖޭގެ އެކި ރަށްރަށުގައި ފޯރިގަދަ ހަރަކާތްތަކެއް ބޭއްވުމަށް ރޭވިފައިވާއިރު، މި ހަރަކާތްތަކުގެ ތެރެއިން އެންމެ ކުލަގަދަ ހަރަކާތްތައް ބާއްވާ ރަށް ދެނެގަތުމަށް ޕީއެސްއެމް އެއަރއިން މި ފުރުސަތު ހުޅުވާލުމަކީ ރައްޔިތުންގެ ޝައުޤުވެރިކަން އިތުރުވެގެންދާނެ ކަމެއް ކަމުގައި ބެލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު