Monday, November 16
ރާއްޖޭގެ ހުރިހާ ސިޓީއެއްގައި ތިމާވެށްޓާ ރައްޓެހި ބައިސްކަލު ދުއްވުން ތަޢާރަފްކުރުމަށް ދަނީ މަސައްކަތްކުރަމުން: ރައީސް
ރާއްޖޭގެ ހުރިހާ ސިޓީއެއްގައި ތިމާވެށްޓާ ރައްޓެހި ބައިސްކަލު ދުއްވުން ތަޢާރަފްކުރުމަށް މަސައްކަތްކުރަމުންދާ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ބައިސްކަލު ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ރައީސް ވިދާޅުވީ މިއީ އަޅުގަނޑުމެންގެ ދިރިއުޅުމާއި ތިމާވެށި ބަދަލުކޮށްލުމުގައި ބައިސްކަލްތައް އަދާކުރާ ދައުރު ފާހަގަކުރާ ދުވަހެއް ކަމަށެވެ. ރައީސް ވިދާޅުވީ ބައިސްކަލަކީ ފެހި ސިޓީތަކަށް ފަސޭހަ، ޚަރަދު ކުޑަ އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ އާލާތެއް ކަމަށެވެ. މީގެ އިތުރުން ސިޓީތަކުގައި ތޮއްޖެހުން ބޮޑުވަމުންދާއިރު، އަޅުގަނޑުމެންގެ ދަތުރުފަތުރުގެ ނިޒާމުތަކާމެދު އަލުން ވިސްނަންޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ތަޞައްވުރާ އެއްގޮތަށް، ރާއްޖޭގެ ހުރިހާ ސިޓީއެއްގައިވެސް ތިމާވެށްޓާ ރައްޓެހި ބައިސްކަލް ދުއްވުން ތަޢާރަފްކުރެވޭނެ ގޮތްތައް ތަރައްޤީކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގައިވެސް އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު