Saturday, October 31
ގައިންގަޔަށް އަރާ ބައްޔެއް ހުރި ކަމަށް ތުހުމަތުކުރެވޭ ބިދޭސީއަކު ހޯދަން މަޢުލޫމާތު އާންމުކޮށްފި

ގައިންގަޔަށް އަރާ ބައްޔެއް ހުރި ކަމަށް ތުހުމަތުކުރެވޭ ބިދޭސީއަކު ފިލައިގެން އުޅޭތީ، އޭނާ ހޯދުމަށް އެ މީހާގެ ފޮޓޯއާއި އަދި ވަނަވަރު ހިމަނައިގެން ސޯޝަލް މީޑިއާގައި މިއަދު މަޢުލޫމާތުތަކެއް އާންމުކޮށްފި އެވެ.

މި ބިދޭސީއަކީ 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ދިރިއުޅެމުން އަންނަ ބަންގްލަދޭޝްގެ 31 އަހަރުގެ މީހެކެވެ. އޭނާގެ ގައިގައި ބައްޔެއް ހުރިކަން އެނގުނީ ވިސާ އާކުރުމަށް މެޑިކަލް ޓެސްޓު ހެދުމުންނެވެ. ހެލްތުހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގުޅާފައި އަންގާފައިވަނީ އޭނާގެ ގައިގައި ގައިންގަޔަށް އަރާ ބައްޔެއް ހުރި ކަމަށެވެ.

މިދިޔަ މޭ މަހުގެ 26 ވަނަ ދުވަހު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ދިޔަ ނަމަވެސް އޭގެ ފަހުން އެޗްޕީއޭ އިން ގުޅައި އަންގާފައިވަނީ އެ ބިދޭސީ މީހާ ރާއްޖެއިން ބޭރުނުވާ ކަމަށެވެ. މިހާރު އޭނާ ފިލައިގެން އުޅޭ ކަމަށް ބެލެވެއެވެ.

މި މައްސަލައާ ގުޅޭގޮތުން އެޗްޕީއޭ އިން ބުނެފައިވަނީ ބަލި މީހުންގެ ޒާތީ މަޢުލޫމާތުތަކަކީ ސިއްރެއް ކަމަށެވެ. އަދި އިމިގްރޭޝަނުން ބުނެފައިވަނީ މިފަދަ މައްސަލައެއް އެ އިދާރާއާ ހަމައަށް އަދި ލިބިފައިނުވާ ކަމަށެވެ.

މި ބިދޭސީ މީހާ ހޯދުމަށް ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓުގައި އޭނާގެ ފޮޓޯއާއި ވަނަވަރު ހިމަނާފައިވެއެވެ. އަދި އޭނާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް އެނގޭނަމަ 7478833 ނަންބަރާ ގުޅުމަށް އެދިފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު