Monday, November 16
މިނިވަން 60 ގެ ލޯގޯ ފަރުމާކޮށްގެން 30،000ރ. ހޯދުމުގެ ފުރުޞަތު

މިނިވަން 60 ގެ ލޯގޯ ފަރުމާކޮށްގެން 30،000ރ. ހޯދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި އަހަރަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމުގައިވާތީ މި އަހަރު ޢާންމުކޮށް ބޭނުންކުރާނެ ލޯގޯއެއް ފަރުމާކުރުމަށް ބޭނުންވާ ކަމަށެވެ.

އެ ވުޒާރާއިން ވަނީ ލޯގޯ ފަރުމާކުރުމުގައި ޢަމަލުކުރާނެ އުސޫލުވެސް އާންމުކޮށްފައެވެ. އަދި މި އުސޫލާ އެއްގޮތަށް ލޯގޯ ފަރުމާ ކުރުމަށްފަހު، ޖޫން 15 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.

މިގޮތުން އެންމެ ރަނގަޅު ލޯގޯއެއް ހޮވާނީ އެކަމަށް ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ޕެނަލަކުން ކަމަށްވާއިރު، 1 ވަނަ އަށް ހޮވޭ ލޯގޯއަކަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު