މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ބޯޑަށް ބޭފުޅަކު މިއަދު ޢައްޔަންކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފައިވާ ގޮތުގައި ޕޯސްޓުގެ ޑިރެކްޓަރުންގެ ބޯޑަށް މިއަދު ޢައްޔަންކޮށްފައިވަނީ ށ. ފީވައް / ހަބަރުމާގެ އަލްފާޟިލް ޢަބްދުﷲ އާދިލެވެ.
02 ޖޫން 2025 ވަނަ ދުވަހު، މޯލްޑިވްސް ޕޯސްޓު ލިމިޓެޑްގެ ބޯޑު މެމްބަރުގެ މަޤާމަށް ށ. ފީވައް / ހަބަރުމާގެ އަލްފާޟިލް ޢަބްދުﷲ އާދިލް ވަނީ އައްޔަނުކުރެވިފައެވެ.
— Privatization & Corporatization Board (@pcb_gov) June 2, 2025
އާދިލާއެކު ޕޯސްޓް އޮފީހުގެ ބޯޑުގައި މިހާރު ޖުމުލަ ހަތަރު ޑިރެކްޓަރުން ތިއްބަވައެވެ. އެއީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަފީޤާއި ދެ ނޮން-އެގްޒެކެޓިވް ޑިރެކްޓަރުން ކަމަށްވާ މަޙުމޫދު ރަމީޒު ޢަބްދުއްރަޙްމާން އަދި ޙައްވާ ސަފްނާއެވެ.
މި ލިޔުން ކިޔާލުމުން