Monday, November 9
އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރ ނައިބު ރައީސް އާ ބައްދަލުކުރައްވައިފި

އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ދިފާޢީ ވަޒީރު އޮނަރަބަލް ރިޗަރޑް މާލްސް އެމްޕީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާ ބައްދަލު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ކުރިއަށް ގެންދެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ބޮޑުވަޒީރުގެ ނައިބު ވަނީ، ދެޤައުމުގެ މެދުގައި ދިފާޢީ އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއިބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި، ދެޤައުމުގެ ތިމާވެށީގެ ނާޒުކުކަމާއި ތިމާވެށި ޙިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް ދެބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވެއެވެ. ބޮޑުވަޒީރުގެ ނައިބުގެ ވާހަކަފުޅުގައި، މޫސުމީ ބަދަލުތަކާއި އޭގެ ގޮންޖެހުންތަކާއި ދެކޮޅަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތައްވެސް ފާހަގަކުރައްވާފައިވެއެވެ.

މިއަދުގެ ބައްދަލުވުން ނިންމަވާލައްވާފައިވަނީ، ސިޔާސީ ގުޅުންތައް ހަރުދަނާކުރުމާއި ދެފަރާތުގެ މަސްލަހަތު ހުރި ކަންކަމުގައި އިސްތިރާޖީ އެއްބާރުލުން އިތުރުކޮށް، ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު