އޮސްޓްރޭލިއާގެ ސަރުކާރުން ދިވެހި އަސްކަރިއްޔާއަށް ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓަކާއި ހައިޑްރޮގްރަފީ ހެދުމަށް ބޭނުންވާ ސާމާނު ހަދިޔާކުރަން ނިންމައިފި އެވެ.
މިކަން އިއުލާނުކުރީ އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް އަދި ރާއްޖޭގެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ނެރުއްވި ޖޮއިންޓް ނޫސް ބަޔާނެއްގައި އެވެ. ރިޗާޑް މިހާރު ހުންނެވީ ރަސްމީ ދަތުރެއްގައި މާލޭގަ އެވެ.
Press Release - Maldives to receive guardian class patrol boat from Australiahttps://t.co/Qkj6AvWtSf@AusHCMV @MNDF_Official pic.twitter.com/6HcszFdMM7
— Ministry of Defence (@MoDmv) June 2, 2025
ދެ ގައުމުގެ ޑިފެންސުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އޮސްޓްރޭލިއާއިން ފަރުމާކޮށް އެ ގައުމުގައި ބަންނަ ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓު، ދިވެހި އަސްކަރިއްޔާއަށް ހަދިޔާކުރަން ނިންމުމަކީ ދެ ގައުމުގެ ދެމެދު އޮތް ގުޅުން ދައްކުވައިދޭ ރަމްޒެއް ކަމަށެވެ.
މިއީ ރާއްޖެއިން ދިވެހި ކަނޑުތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމަށް އަދި އިންޑިއާ ކަނޑުގެ ރައްކާތެރިކަމަށް ކަށަވަރުކުރުމަށް އެޅިގެންދާ ފިޔަވަޅެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. އަދި، ރާއްޖޭގެ ބޮޑު އިގުތިސޯދީ ސަރަހައްދުގައި ހިނގާ ގައިރު ގާނޫނީ ކަންކަން ހުއްޓުވުމަށް މިކަމުގެ ސަބަބުން އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ދެ ގައުމުން ބުނެފައިވެ އެވެ.
މި ލިޔުން ކިޔާލުމުން