މިގޮތުން ވަޒީރު ވިދާޅުވީ މިއަހަރުގެ ބޮޑު ޢީދުގައި، 1445 ވަނަ އަހަރު ޢީދު ލައިޓް ފޮނުވި 29 ރަށާއި 1446 ވަނަ އަހަރު ޢީދު ލައިޓް ފޮނުވި 36 ރަށާއެކު، ޖުމްލަ 65 ރަށުގައި ޢީދު ބޮކި ދިއްލާނެކަމަށް ބެލެވޭ ކަމަށެވެ. އަދި ޢީދު ފާހަގަކުރާއިރު އިސްލާމީ ގިއުގަނޑުގެތެރޭގައި ޢީދު ފާހަގަ ކުރުމަށްވެސް ވަޒީރު ވަނީ އިލްތިމާސްކޮށްފައެވެ. މިގޮތުން ދިއްލުމަށް ހަމަޖެހިފައިވަނީ ހއ. އިހަވަންދޫއާއި، ހއ. ހޯރަފުއްޓާއި، ހދ. ހަނިމާދޫއާއި، ހދ. ނޮޅިވަރަމާއި، ށ. މިލަންދޫއާއި، ށ. ފޯކައިދޫ ނ. ވެލިދޫ، ނ. ހޮޅުދޫ، ރ. ދުވާފަރު، ރ. އަލިފުށި، ބ. ތުޅާދޫ، ބ. ހިތާދޫ، ޅ. ހިންނަވަރު، ޅ. ކުރެންދޫ، ކ. ކާށިދޫ، ކ. މާފުށި، އއ. ތޮއްޑޫ، އއ. އުކުޅަސް، އދ. މާމިގިލި، އދ. ދަނގެތި، ވ. ކެޔޮދޫ، ވ. ފުލިދޫ، މ. މުލައް، މ. ކޮޅުފުށި، ފ. ބިލެއްދޫ، ދ. މީދޫ، ދ. މާއެނބޫދޫ، ތ. ތިމަރަފުށި، ތ. ވިލިފުށި، ލ. ގަން، ލ. މާވަށް، ގއ. ދާންދޫ، ގއ. ގެމަނަފުށި، ގދ. ގައްދޫ އަދި ގދ. މަޑަވެލި ހިމެނެއެވެ.މިއަހަރުގެ ބޮޑު ޢީދުގައި ، 1445 ވަނަ އަހަރު ޢީދު ލައިޓް ފޮނުވި 29 ރަށާއި 1446 ވަނަ އަހަރު ޢީދު ލައިޓް ފޮނުވި 36 ރަށުގައި، ޖުމްލަ 65 ރަށުގައި ޢީދުލައިޓް ދިއްލާނެކަމަށް ބެލެވޭ. ޢީދު ފާހަގަކުރާއިރު އިސްލާމީ ގިއުގަނޑުގެތެރޭގައި ޢީދު ފާހަގަ ކުރުމަށް އިލްތިމާސްކުރަން. pic.twitter.com/aBg18AYiaj
— Adam Shareef Umar (@Adamshareefz) June 1, 2025

މި އަންނަ އަޟްޙާ ޢީދުގައި 65 ރަށެއްގައި ޢީދު ބޮކި ދިއްލާނެ ކަމަށް ބެލެވޭ ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ލިޔުން ކިޔާލުމުން





