Monday, November 16
ހިންމަފުށީ ފުޓުބޯޅަ ދަނޑުގައި ފެންސާއި ލައިޓިން ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

ކ. ހިންމަފުށީ ފުޓުބޯޅަ ދަނޑުގައި ފެންސާއި ލައިޓިން ހަރުކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.

އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 1،310 މީހުންގެ އާބާދީއެއް ދިރިއުޅޭ ހިންމަފުށީގައި ބިނާކުރެވޭ ފުޓުބޯޅަ ދަނޑުގެ މަސައްކަތް އެއްކޮށް ނިމުމާއެކު، ރަށު ރައްޔިތުންނަށް، ޚާއްޞަކޮށް ޒުވާނުންނަށް އިޖުތިމާޢީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ޤަބޫލުކުރާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 100،000 އަކަފޫޓުގެ ފުޓުބޯޅަ ދަނޑުގެ ސަރަހައްދުގައި ވަށައިފާރު ރޭނުމާއި، ވަށައި ފެންސެއް ޖެހުމާއި އަދި ލައިޓިން ސިސްޓަމެއް ހަރުކުރުމުގެ މަސައްކަތް ކުރެވޭނެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ މުހިންމު މަޝްރޫޢުތަކެއް ވަނީ ނުވެށި ނުވަތަ ހުއްޓިފައެވެ. އޭގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެނައުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވާއި އިރުޝާދުގެ ދަށުން މިފަދަ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ނިންމުމަށް ވަނީ ސަރުކާރުގެ ކުންފުނިތަކާ ހަވާލުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު