Monday, November 16
ރޭ މާލޭގައި ހިންގި މާރާމާރީއެއްގައި ބިދޭސީއަކު ޒަޚަމްކޮށްލައިފި

ރޭ މާލޭގައި ހިންގި މާރާމާރީއެއްގައި ބިދޭސީއަކު ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ މާލޭ ޝަހީދު ކުޑަނެވި ތުއްތު މަނިކު ހިނގުމުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލަ ރޭ 03:10 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މި މާރާމާރީގައި އަނިޔާވެފައިވަނީ ބަންގްލަދޭޝް ފިރިހެނަކަށް ކަމަށާއި، އެމީހާއަށް ފަރުވާދިނުމަށް ގެންގޮސްފައިވަނީ އައިޖީއެމްއެޗަށް ކަމުގައިވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ މިހާރު ތަޙުޤީޤުކުރަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު