މާލޭގެ ބޮޑު ބަޔަކަށް މިހާރު ކަރަންޓު ލިބޭނެ ކަމުގައި ސްޓެލްކޯއިން ބުނެފިއެވެ.
މިގޮތުން މާލެއިން ކަރަންޓު ކެނޑުނު މައްސަލައިގެ އަދާހަމަ ބަޔާންކޮށް އެކްސްގައި ކުރި ޕޯސްޓެއްގައި ސްޓެލްކޯއިން ބުނީ މާލޭގެ ބޮޑު ބަޔަކަށް މިހާރު ކަރަންޓު ދެވިފައިވާ ކަމަށާއި، ނުދެވި ހުރި ސަރަހައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
އަޕްޑޭޓް: މާލޭގެ ބޮޑު ބަޔަކަށް މިހާރު ވަނީ ކަރަންޓު ދެވިފައި. ނުދެވި ހުރި ސަރަހައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެން.
— STELCO (@STELCOMALDIVES) June 1, 2025
އަދި ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.
ސްޓެލްކޯއިން މިހެން ބުނިއިރު، މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ދަންނަވައިފައެވެ.
އަދި ގްރޭޓަރ މާލެ ސަރަހައްދުން ކަރަންޓް ކެނޑިފައިވާ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުންވެސް ވަނީ އެކަން ހިނގި ގޮތް ބެލުމަށް ހާއްސަ ތަހުގީގެއް ފަށައިފައެވެ.
މި ލިޔުން ކިޔާލުމުން