ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދިމާވި ކަރަންޓްގެ މައްސަލަ ހައްލުކޮށްފިއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އެ ކުންފުނީގެ ކަރަންޓް ވިއުގައަކީ ބެކަޕެއް ގޮތުން ގްރޭޓަރ މާލެ ޕަވަރ ގްރިޑާއި ގުޅިފައިވާ ވިއުގައެއްކަމުން، މިއަދު ދިމާވި ކަރަންޓްގެ މައްސަލައިގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯަޓްގެ ބައެއް ސަރަޙައްދުތަކުން ކަރަންޓްގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދިމާވި ކަރަންޓްގެ މައްސަލަ މިހާރު ވަނީ ޙައްލު ކުރެވިފައެވެ.
އެމް.އޭ.ސީ.އެލްގެ ކަރަންޓް ވިއުގަ އަކީ ބެކްއަޕް އެއް ގޮތުން ގްރޭޓަރ މާލެ ޕަވަރ ގްރިޑާއި ގުޅިފައިވާ ވިއުގައެއްކަމުން މިއަދު ދިމާވި ކަރަންޓްގެ މައްސަލައިގައި ވެލާނާ އިންޓަރނޭޝަނަލް…
— Maldives Airports Company Ltd (@MACLmedia) June 1, 2025
ނަމަވެސް އެމްއޭސީއެލްގެ ޕަވަރ ޖެނެރޭޝަން ސިސްޓަމްއިން ވަނީ އެއަރޕޯޓުގެ އޮޕަރޭޝަނަށް އަސަރުނުކުރާނެ ގޮތައް ކަރަންޓު ދީފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަދި ކުރިއަށް އޮތްތަނުގައި މިފަދަ ހާލަތެއް ދިމާވެއްޖެނަމަ، އެއަރޕޯޓުގެ ޚިދުމަތަށް އަސަރު ނުކުރާނެ ގޮތަށް ކަންކަން ރޭވުމަށް އެ ކުންފުނީގެ ޓީމްތަކުން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއޭސީއެލް އިން ބުންޏެވެ.
މި ލިޔުން ކިޔާލުމުން