އާދިއްތަ, November 1
ރައީސް ސަމޯއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސަމޯއާގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ދައުލަތުގެ ވެރިޔާއަށާއި ބޮޑުވަޒީރަށް ފޮނުއްވައިފިއެވެ. މިގޮތުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށްވެސް ފޮނުއްވައިފައެވެ. އަދި ސަމޯއާގެ ރައްޔިތުން މި އުފާވެރި މުނާސަބަތު ފާހަގަކުރަމުންދާއިރު، މިކަމުން ހަނދާންކޮށްދެނީ އެ ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކަށް ތަރައްޤީ ގެނެސްދިނުމަށް އެ ޤައުމުން ކަނޑައަޅާފައިވާ އަޒުމު ކަމަށެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ގޮތުގައި ރާއްޖެއާއި ސަމޯއާއިން އެކި ގޮންޖެހުންތައް ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެކަމުގެ މައްޗަށް ދެ ޤައުމު ގުޅިގެން ހައްލުތަކެއް ހޯދޭނެކަމަށް ޔަޤީންކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު