Saturday, October 31
ހީނާ ވަލީދުގެ ބައްޕަ ނިޔާވެއްޖެ

އެންސްޕާގެ ސީީއީއޯ އަދި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދުގެ ބައްޕަ ހަސަން ވަލީދު (ހަސަންބެ) މިއަދު މެންދުރުގެ ވަގުތެއްގައި އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ނިޔާވެއްޖެއެވެ. ހަސަންބެ އަވަހާރަވީ އެ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

އައްޑޫ ސިޓީގެ ހިތަދޫއަށް އުފަން ހަސަންބެއަކީ ގުރުއާނާއި ދީނަށް ވަރަށް ލޯބިކުރައްވާ ބޭފުޅެއްގެ ގޮތުގައި މަޝްހޫރު ބޭފުޅެކެވެ. 70 އަހަރަށްވުރެ މަތީ އުމުރުފުޅުގައި ނިޔާވި ހަސަންބެ ކެންސަރުބަލީގެ އާލާންސްކަންފުޅާ އުޅުއްވާތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ.

ހަސަންބެގެ ޚިދުމަތްތަކުގެ ތެރޭގައި އައްޑޫ ހިތަދޫގެ ފަޒާ މިސްކިތުގެ އިމާމުކަން ކުރެއްވުމާއި، ނޫރާނީ ސްކޫލުގައި ދަރިވަރުންނަށް ގުރުއާން އުނގަންނަވައި ދެއްވުން ހިމެނެއެވެ..

ހަސަންބެ ނިޔާވުމާ ގުޅިގެން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކުގައި އޭނާ ސިފަކޮށްފައިވަނީ މިސްކިތުގެ އަހުލުވެރިއެއްގެ ގޮތުގައެވެ. އަދި އެހެން މީހުންނަށް ހިތްހެޔޮކަމާއެކު އެހީތެރިކަން ފޯރުކޮށްދެއްވި، ވަރަށް ދީލަތި ބޭފުޅެއްގެ ގޮތުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު